ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް އޭސީސީގެ ޓީމުތަކެއް އަތޮޅުތެރެއަށް

ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތަކެއް ބެލުމަށް އެންޓީކޮރަޕްޝަން ކޮމިޝަންގެ ޓީމުތަކެއް އަތޮޅުތެރެއަށް ފުރައިފި އެވެ. އޭސީސީން ބުނީ އެ ޓީމުތަށް މިދިޔަ ހޯމަ ދުވަހު ފުރާފައިވާއިރު އޭގައި ތިން ގްރޫޕެއް އު...

15 Apr 2015 | 10:27

ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތަކެއް ބެލުމަށް އެންޓީކޮރަޕްޝަން ކޮމިޝަންގެ ޓީމުތަކެއް އަތޮޅުތެރެއަށް ފުރައިފި އެވެ.

އޭސީސީން ބުނީ އެ ޓީމުތަށް މިދިޔަ ހޯމަ ދުވަހު ފުރާފައިވާއިރު އޭގައި ތިން ގްރޫޕެއް އުޅޭނެ ކަމަށެވެ. އެ ޓީމުތަކުން ހަރަކާތްތެރިވާނީ ހއ. ހދ. ށ. އަދި ނ. އަތޮޅުގައި ހުރި 137 މައްސަލައެއް ބެލުމުގައި ކަމަށް އެސީސީން ބުނެ އެވެ.

އެކޮމިޝަނުން ބުނީ އިތުރު ދެ ޓީމެއް މި މަހުގެ 18 ވަނަ ދުވަހު އދ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅަށް ފުރާނެކަމަށް ބުންޏެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހު އޭސީސީން މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެއަށް އަމަލު ކުރަން ފަށާފައި ވާއިރު، މި ޕްލޭންގެ ދަށުން ކޮރަޕްޝަނާއި ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއްކޮށް ކުރިއެރުންތަކެއް ހޯދަން މަސައްކަތް ކުރާނެކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް