މާދަމާވެސް ކަލާފާން ސްކޫލްގެ ކިޔެވުން ނުބާއްވާގޮތަށް ނިންމައިފި

ކަލާފާނު ސްކޫލު ސަރަހައްދުގައި ނުބައި ވަހާއެކު ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުރުމާއި ގުޅިގެން އެ ސުކޫލުގެ ކިޔެވުން މާދަމާ ވެސް ނުބާއްވާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ. އެޑިއ...

15 Apr 2015 | 09:13

ކަލާފާނު ސްކޫލު ސަރަހައްދުގައި ނުބައި ވަހާއެކު ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުރުމާއި ގުޅިގެން އެ ސުކޫލުގެ ކިޔެވުން މާދަމާ ވެސް ނުބާއްވާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަނާއި، ސްޓެލްކޯގެ އިތުރުން އެންވާރްމަންޓް މިނިސްޓްރީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މާދަމާވެސް އެ ސްކޫލްގެ ކިޔެވުން ނުބާއްވާގޮތަށް ނިންމީ ކަލާފާނު ސުކޫލު ސަރަހައްދުގައި ހުރި ވަހުގެ ސަބަބުން ކުދިންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވާތީ ކަމާއި ބެހޭ ފަރާތްތަކުން އެ މައްސަލަ ބަލާ ދިރާސާކުރަމުންދާތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މައްސަލަ އެންވަޔަރަންމަންޓް މިނިސްޓްރީއާއި ސްޓެލްކޯއާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަަމަށެވެ.

އެގޮތުން މިހާޜު ދިރާސާތަކެއް ކުރުމުން ދާކަމަށާއި މިހަފްތާ ބަންދަށްފަހު ތަފްސީލީ ރިޕޯޓެއް އާދިއްތަ ދުވަހު ލިބޭ ވަރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ކަލާފާނު ސުކޫލު ސަރަހައްދުގެ އެއްފަޅިއެއްގައި އުދަގޫވާ ޒާތުގެ ވަހެއް ހުރި ކަމުގެ މައުލޫމާތު އިއްޔެވެސް ލިބުނު ކަމަށާއި ނަަމަވެސް މިއަދު މުޅި ސުކޫލަށް އެވަސް ދުވާ ކަަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިހާރު އެކަން ހިނގަން މެދުވެރި ސަބަބުތަައް ބަލަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކަލާފާނު ސުކޫލު ސަރަހައްދުގައި ދުވާ ވަހަކީ އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ އިންޖީނުތަކުން ދުވާ ވަހަކަށް ފަަހަރުގައި ވެދާނެ ކަަމަށެވެ. ނަމަވެސް އެކަން އިނގޭނީ މިހާރު ކުރަމުންދާ ދިރާސާތަކަށްފަހު ކަމުގައިވެސް ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރު ވިދާޅުވީ ކަލާފާނު ސުކޫލު ސަރަހައްދުގައި އެކުންފުނީގެ އިންޖީނު ބަހައްޓާފައި ހުންނަތާ މިހާރު 25 އަހަރު ވެދާނެ ކަމަށެވެ. އެހެންކަމުން މީގެ ކުރިން އެފަަދަ ކަމެއް ހިނގާފައި ނުވާތީ މިއަދު ހިނގައިގެން އުޅޭ ކަމަކީ އެ އިންޖީނުތައް އެތާ ހުރެގެން ހިނގައިގެން އުޅޭ ކަމެއް ކަމަށް ދަންނަވަން ދަތި ކަމަކަށެވެ.

ޝުކޫރު ވިދާޅުވީ ސްޓެލްކޯގެ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން ނުބައި ވަހެއް ދުވާނަމަ އެކަން އެހެންވާނީ މޫސުމަށް އަންނަ ބަދަލުތަކުން ކަމަށް ވެދާނެ ކަމަށެވެ.

ތެޔޮ ވަސް ދުވުމުގެ ސަބަބުން އެއްކުއްކަު އަނބުރައިގަނެ، އަނެއް ކުއްޖަކަށް ވަނީ ހޮޑުލެވިފަ އެވެ. އެކަމާ ގުޅީގެން މިއަދު ހެނދުނު ދަނފަޅީގެ ކިޔެވުން ކަލާފާނުގައި މެދުކަނޑާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް