ތެލުގެ ވަހާއި ހެދި ކަލާފާން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައިފި

ސްޓެލްކޯގެ އިންޖީނުގެއިން ތެލުގެ ވަސް ދުވައިގެން ބައެއް ދަރިވަރުން އަނބުރައިގަތުމާ ގުޅިގެން ކަލާފާނު ސްކޫލުގެ މިއަދުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ކެންސަލްކޮށްފި އެވެ. އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލ...

15 Apr 2015 | 06:16

ސްޓެލްކޯގެ އިންޖީނުގެއިން ތެލުގެ ވަސް ދުވައިގެން ބައެއް ދަރިވަރުން އަނބުރައިގަތުމާ ގުޅިގެން ކަލާފާނު ސްކޫލުގެ މިއަދުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ކެންސަލްކޮށްފި އެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ރަހްމާ އަބްދުއްރަހްމާން ވިދާޅުވީ، ކިޔެވުން ކެންސަލް ކޮށްލީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޓެލްކޯގެ އޮފިޝަލުންނާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ އަބަދު ވަސްދުވަނީ ނޫންކަމަށާއި ވައި ހުރިގޮތުން ސްކޫލާއި ދިމާއަށް ވަސް މިދުވަސްކޮޅު އަންނަނީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ވަސްދުވުމުގެ ސަބަބުން ބައެއް ކުދިން ހޮޑުލަފާ ބޯ އަނބުރާތީ އިއްޔެވެސް ޝަކުވާކޮށްފައިވާ ކަމަށެވެ.

ތެޔޮ ވަސް ދުވުމުގެ ސަބަބުން ދެ ކުއްޖަކު ވަނީ އަނބުރައިގެންފަ އެވެ. އެއީ ގްރޭޑް 6،7 ގެ ކުދިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް