ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލުއި އެކްސްޕްރެސް ލޯނު ދޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.
ބީއެމްއެލް އިން ބުނީ ގެނެވުނު ބަދަލުގެ ދަށުން ލުއި އެކްސްޕްރެސް ލޯނެއް ނަގާފައިވާ ފަރާތަކަށް ލޯނުގެ އަދަދު އިތުރު ކުުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. ނަމަވެސް ބޭންކުން ބުނީ އެފުރުސަތު ލިބިގެންދާނީ ހަމަސް ދުވަހު ލޯނަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދު ބަރާބަރަށް ދައްކާ އަދި ލޯނު ނެގިތާ 12 މަސް ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މިހާތަނަށް ބޭންކުން ލުއި އެކްސްޕްރެސް ލޯނު ދޫކޮށްފައިވަނީ ހަމައެކަނި ބީއެމްއެލްގެ މުސާރަ ޖަމާކުރުމުގެ ހިދުމަތް މެދުވެރިކޮށް އެކައުންޓަށް މުސާރަ ޖަމާކުރާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް އެކައުންޓް ޓްރާންސްފަރ، ޗެކް އަދި ނަގުދު ފައިސާއިން މަހުން މަހަށް މުސާރަ ޖަމާވާ ފަރަތްތަކަށްވެސް މިގެނެވުނު ބަދަލުގެ ތެރެއިން ލުއި އެކްސްޕްރެސް ލޯނަށް އެދި ހުށަހެޅޭނެ ކަަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.
އެ ބޭންކުން ބުނީ އެ ބަދަލުތަށް ގެނައި މައިގަނޑު މަގުސަދަކީ ގިނަ ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ރަނގަޅުކުރުން ކަމަށެވެ.
ލުއި އެކްސްޕްރެސް ލޯނުގައި 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކަސްޓަމަރުންނަށް ފައިސާ ދޫކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް