އިންސާނެއްގެ ބޯ އެހެން ހަށިގަނޑަކަށް ބަދަލުކުރަން އޮޕަރޭސަނެއްކުރަނީ

އިންސާނެއްގެ  ބޯ އެހެން ހަށިގަނޑަކަށް ބަދަލު ކުރުމަށް ކުރެވޭ ފުރަތަމަ އޮޕަރޭސަނަށް ރަސިޔާގެ ކޮމްފިޔުޓާރ ސައިންޓިސްޓަކު ކުރިމަރިލައިފިއެވެ. މި އޮޕަރޭސްން ކުރުމަށް އިސްވެ ހަރަކާތްރެރިވަމުންދަނީ އިޓަލީގެ...

15 Apr 2015 | 04:55

އިންސާނެއްގެ  ބޯ އެހެން ހަށިގަނޑަކަށް ބަދަލު ކުރުމަށް ކުރެވޭ ފުރަތަމަ އޮޕަރޭސަނަށް ރަސިޔާގެ ކޮމްފިޔުޓާރ ސައިންޓިސްޓަކު ކުރިމަރިލައިފިއެވެ.

މި އޮޕަރޭސްން ކުރުމަށް އިސްވެ ހަރަކާތްރެރިވަމުންދަނީ އިޓަލީގެ ނެއުރޯލޮޖިކަލް ސާޖިޔޯންއެއްކަމަށްވާ ޑރ ކަނަވޭރޯ އެވެ.  މި އޮޕަރޭސަނަން ކުރިމަތިލި ސްޕްރިޑޯނޮވް އަކީ ވާރޑިނިގް ހޮފްމަން ޑީޒީޒް ގެ ނަމުން ނަންދެވިފައިވާ ބައްޔެއްޖެހިފައިވާ ބަލިމީހެކެވެ.  އުމުރުން 30 އަހަރުގެ ސްޕްރިޑޯނޮވް ބުނީ އޭނަ ކިތަންމެ ބިރުގަތްނަމަވެސް މި އޮޕަރޭސަން ކުރުން ފިޔަވާ މާ ގިނަ އެހެން ގޮތް ތަކެއް އޭނައަށް ނެތް ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. މި އޮޕަރޭސަން ނުކޮއްފިނަމަ ސްޕްރިޑޯނޮވް އަށް ޖެހިފައިވާ ބަލީގެ ސަބަބުން ފަހުން ކުރިމަތިލާންޖެހޭނި މާހިތްދަތި ހާލަތަކާކަމުގައި ޑޮކްޓަރުން ބުނާކަމަށް އޭނާ ބުނެއެވެ.

މިއޮޕަރޭސަންކުރާ ޑރ ކަނަވޭރޯ ބުނީ މި އޮޕަރޭސަން ކުރުމަށް 150 ޑޮކްޓަރުންއާއި ނަރުހުންގެ ޓީމެއް ބޭނުންވާއިރު 36 ގަޑިއިރަށް އޮޕަރޭސަން ދެމިގެންދާނެ ކަމަށެވެ. އަދި  އޮޕަރޭސަނަށް ބޭނުންވާ ހުރިހާ ފަންޑެއް ލިބިފައިވާ ވިނަމަވެސް ފަންޑު ކުރީ ކޮންފަރާތަކުން ކަމެއް ޑރ ކަނަވޭރޯ  ހާމަކޮށްފައެއްނުވެއެވެ.

މީގެ 45 އަހަރުކުރިން ، 1970 ވަނަ އަހަރު ވަނީ ރާމާމަކުނެއްގެ ބޯ ބަދަލުކޮއްފައެވެ. އެހެން ނަމަވެސް އެފަހަރު ރާމާމަކުނުގެ ބޮލާ ހަށިގަނޑާ ރަނގަޅަށް ނުގުޅުމުގެ ސަބަބުން 8 ދުވަސް ވަންދެން ޕެރަލައިޒްވެފަ އޮތުމަށްފަހުވަނީމަރުވެފައެވެ.

މިއޮޕަރޭސްން 2017 ގައި ކުރުމަށް ޑރ ކަނަވޭރޯ ތައްޔާރުވަމުންދާއިރު ގިނަ ސިއްހީ ޖަމިއްޔާތަކުން ދަނީ މި އޮޕަރޭސަން ނުކުރުމަށް ގޮވާލަމުންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް