ރީފްސައިޑް ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

މާރިޗް މަހުގެ ހަތަރުވަނަ ދުވަހުގެރޭ ޗާންދަނީމަގު ރީފްސައިޑް ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ. އެ މައްސަލައިގާ ހޯދަން އިއުލާނުކޮށްފައިވަނީ ތ. ތިމަ...

15 Apr 2015 | 04:46

މާރިޗް މަހުގެ ހަތަރުވަނަ ދުވަހުގެރޭ ޗާންދަނީމަގު ރީފްސައިޑް ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

އެ މައްސަލައިގާ ހޯދަން އިއުލާނުކޮށްފައިވަނީ ތ. ތިމަރަފުށި، ކަށިމާގެ، މުޙައްމަދު ޙައްސާން (22އ) އެވެ. މީގެ ކުރިން ހައްސާން ހޯދަން ފުލުހުން އިއުލާނުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

ފުލުހުން ބުނީ  2015 މާރިޗު ހަތަރު ވަނަ ދުވަހުގެ ރޭ 21:05 ހާއިރު ޗާންދަނީމަގު ރިފްސައިޑް ކައިރީގައި ހިނގި މާރާމާރީގެ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެން ތަޙުޤީޤަށް ހޯދަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހައްސާން އަދި ހޯދިފައި ނުވާ ކަމަށެވެ.

މުޙައްމަދު ޙައްސާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް