އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ފިފްޝީން އަލީ ވަކިކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައެވެ.
ފިފްޝީން އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މަގާމުން ވަކިކުރިކަން ހާމަކުރިނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރެވިގެންދިޔަ އެސްޑީއެފްސީ އުފައްދާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް