ޑޮލަރުގެ ކަޅު ބާޒާރުން އަތުލައިގެން ބިދޭސީން ޑީޕޯޓްކޮށްލަނީ

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑޮލަރުގެ ކަޅު ބާޒާރުން އަތުލައިގަތް ހަތް ބިދޭސީން ޑީޕޯޓްކުރަން ނިންމާފައިވާކަމުގައި ކޮންޓްރޯލާ  ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖ...

15 Mar 2024 | 17:30

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑޮލަރުގެ ކަޅު ބާޒާރުން އަތުލައިގަތް ހަތް ބިދޭސީން ޑީޕޯޓްކުރަން ނިންމާފައިވާކަމުގައި ކޮންޓްރޯލާ  ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން މިހެން ވިދާޅުވީ އެ ބިދޭސީންނާއިމެދު ޢަމަލުކުރާނެ ގޮތަކާއިމެދު ދެކެވޭ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝަމްޢާން ވިދާޅުވެފައިވަނީ ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެބެލުމުގެ ދަށަށް ގެންވުނު ބިދޭސީން ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ އޮޕަރޭޝަނާއި ގުޅޭގޮތުން އިއްޔެ އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ  މ. ސްޓަރކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، ކަޅުބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާކަން މި އިދާރާއަށް ފާހަގަކުރެވި، އެމީހުން ދެނެގަތުމަށް މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ޖުމްލަ ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި އެ އެންމެންނަކީވެސް ފުޅާ ދާއިރާއެއްގައި ޤަވާއިދާއި ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ކަމަށެވެ. އަދި  މީގެތެރޭގައި ސައްހަ ވިޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީންވެސް ހިމެނޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް