އެގޮތުން އެ ޓީވީއިން މިއަދު ބުނެފައިވަނީ ލަމްސް ބޭކަރީ އަކީ ގޭގައި ކޭކު އެޅުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އޮންލައިންކޮށް ފެންނަ ކޮމްޕްލެކްސް ކޭކްސް އެޅުމަށް މަސައްކަތް ކުރާ ޝޯ އެއް ކަމަށާއި ޝޯ ހުށަހަޅައިދެނީ މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދައިފައިވާ ލަމްހާ ލަތީފްކަމަށެވެ.
"ޝޯ ގެ ކޮންމެ އެޕިސޯޑެއްގައި ދެ ސެލެބްރިޓީ ކޮންޓެސްޓަންޓުން ހޮސްޓް ކަނޑައަޅާ ތީމަކަށް ކޭކް ޑެކޮރޭޓް ކުރަން ޖެހޭ، މީގެ އިތުރުން ކޮންމެ އެޕިސޯޑެއްގައި ކޮންޓެސްޓަންޓުންނަށް އިތުރު ގޭމްތަކާއި ޗެލެންޖުތައް ފުރިހަމަ ކުރަން ޖެހޭ، ގޭމް އަދި ޗެލެންޖުން މޮޅުވާ ކޮންޓެސްޓަންޓަށް ހޮސްޓްގެ އެހީތެރިކަމަށް އެދެވޭނެ، ނުވަތަ އިދިކޮޅު ކޮނެޓެސްޓަންޓް ޑިސްޓްރެކްޓް ކުރަން މަސައްކަތް ކުރެވޭނެ" އައިސް ޓީވީއިން ބުނެފައިވެއެވެ.
އެ ޓީވީއިން ބުނެފައިވަނީ ކޮންމެ އެޕިސޯޑެއްގައި ވެސް މޮޅުވާ ފަރާތް ހޮވޭނީ ކޭކްގެ ޑެކޮރޭޝަންއަށް ބަލާފައި ކަމަށާއި ކޮންމެ ހުކުރު ދުވަހެއްގެ ރޭ 10:00 ގައި އައިސް ޓީވީ އިން މި ޝޯ ގެނެސްދޭނެ ކަމަށެވެ. އަދި ޝޯގެ ފުރަތަމަ އެޕިސޯޑް އެއަރ ކުރާނީ 15 މާރޗް 2024 (މިރޭ) , 22:00 ގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް