ގުރައިދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފި

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކޮށްފި އެވެ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަ...

15 Mar 2023 | 13:46

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކޮށްފި އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ15 ވަނަ ދުވަހު އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ކެންޑިޑޭޓުން ގުރު ނެގުމުގެ ރަސްމިއްޔާތުގައި ކެންޑިޑޭޓު ނަމްބަރު އެކެއް ލިބިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއެވެ. ދޭއް އެމްޑީޕީގެ ކެންޑިޑޭޓު އިބްރާޙިމް ޝާޒްއަށް ލިބުނު އިރު ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.

މި ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ މަހުގެ23 ވަނަ ދުވަހު އެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައި-އިލެކްޝަން ބާއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް