އެމްޑީޕީ ދަނގެތި ދާއިރާ ރައީސް އިސްތިއުފާ ދީފި

މޯލްޑިވިއަން ޑިމޮކްރެޓިމް ޕާޓީ (އެމްޑީޕީ)ގެ ދަނގެތީ ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު އެ މަގާމުން އިސްތިއުފާ ދީފިއެވެ. އަބްދުﷲ ރަޝީދުގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަ...

15 Mar 2023 | 13:08

މޯލްޑިވިއަން ޑިމޮކްރެޓިމް ޕާޓީ (އެމްޑީޕީ)ގެ ދަނގެތީ ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު އެ މަގާމުން އިސްތިއުފާ ދީފިއެވެ.

އަބްދުﷲ ރަޝީދުގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އެ ހަމަތަކާއި އުސޫލުތަކުގެ މަތިން މިހާތަނަށް ހިންގަމުންދިޔަ ހަރުދަނާ އެއްބައިވަންތަ ޕާޓީއެއް ކަމަށާއި އެހެންނަމަވެސް މިއަދު ޕާޓީގެ ތެރެއިން ޑިމޮކްރެޓިކް ހަމަތަކާއި ބީރަށްޓެހި ސިފަތަކެއް ފެންނަން ފަށާފައިވާކަމަށެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވި  ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއެކު، އާންމު މެންބަރުންނަށް ދައްކަވަމުން ގެންދެވި ތަސައްވުރަކީ ފުޅާ ކޯލީޝަނެއްގައި ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމުގެ ތަސައްވަރެވެ. ނަމަވެސް މިއަދާ ހަމައަށް ހަރުދަނާ ސިޔާސީ ޕާޓީއަކުން އެމްޑީޕީގެ ކެނޑިޑޭޓާއެކު ބައިއަތު ހިފާފައިނުވާއިރު، ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ޕާޓީއާ ފެއަށް ޖެހޭތަން ދަނީ ފެންނަމުން" އިސްތިއުފާ ސިޓީގައި ބުނެފައިވެއެވެ.

އަބްދުﷲ ރަޝީދު ބުނެފައިވަނީ މަގާމުގައި ދެމި ހުރުމަކީ ޕާޓީއަށާއި ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތްކަމަށް ނުފެންނާތީ "ދަނގެތި ދާއިރާ" ރައީސްކަމުގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް