ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހުކުރު ދުވަހު މުޅި ރާއްޖޭގައި ހިނގާލުމެއް

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހުކުރުދުވަހު މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި...

15 Mar 2023 | 11:44

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހުކުރުދުވަހު މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.

މިކަން ހާމަކޮށް ޕީޕީއެމް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހިނގާލުން އންތިޒާމު ކުރާ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ، މިހިނގާލުމަކީ ނުހައްގުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިނގާލުމެއްކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ މާލޭގައި ހިނގާލުން ފެށިގެން ދާނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.

އަދި މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބާއްވާ ހިނގާލުން ކުރިއަށްދާނެ ކަމަށް ޝުޖާ ވިދާޅުވެފައި ވެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ދަށުން މަނީލޯންޑްރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތުށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް