ރާއްޖެ އާއި ޕާކިސްތާނު ބައްދަލުކުރާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވާގޮތުގައި މިނިސްޓަރު މަހުލޫފްގެ ހާއްސަ އެދިލެއްވުމެއްގެ މަތިން މިމަހުގެ 21 ވަނަ ދުވަހު ރާއްޖެ އާއި ޕާކިސްތާނު ބައްދަލުކުރާ ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ.
https://twitter.com/bassam_jaleeI/status/1635938977587888130
ދަހަރައެއް ފަހުން ރާއްޖެ އާއި ޕާކިސްތާނު ރަހުމަތްތެރިކަމުގެ މެޗެއްގައި ބައްދަލުކުރަން އުޅޭއިރު އެންމެ ފަހުން ރާއްޖެ އާއި ޕާކިސްތާނު ކުޅެފައިވާ ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުން އެކެއް އެކަކުން އެއްވަރުވެފައިވެއެވެ. ދެވަނަ މެޗުން ރާއްޖެ މޮޅުވެފައި ވަނީ ތިންލަނޑު ސުން ލަނޑުންނެވެ.
މިއަހަރުގެ ޖޫން މަހުގައި އިންޑިޔާގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިވުމަށް ޕާކިސްތާނުން މަސައްކަތްކުރަމުން ދަނީ ސަސްޕެންޝަންގެ ސަބަބުން ގިނަގުނަ ގޮންޖެހުންތަކަކާއި ކުރިމަތިލައި މެދުކެނޑުމަކަށް ފަހުގައި ކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް