ރައީސް ޔާމީން ނޯޓެއް ވީދާލެއްވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީނަށް ބައިވެރިވެވަޑައި ނުގެންނެވޭ ގޮތް ވެއްޖެނަމަ ދެން ކަންތައް ކުރާނޭ ގޮތުގެ ލަފަޔަކަށް އެދި ކުރީގެ ރައީސް ޔާމީނާއި ހަވާލުކުރިކަމަށާއި އަދި އެމަނި...

15 Mar 2023 | 11:20

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީނަށް ބައިވެރިވެވަޑައި ނުގެންނެވޭ ގޮތް ވެއްޖެނަމަ ދެން ކަންތައް ކުރާނޭ ގޮތުގެ ލަފަޔަކަށް އެދި ކުރީގެ ރައީސް ޔާމީނާއި ހަވާލުކުރިކަމަށާއި އަދި އެމަނިކުފާނު އެ ނޯޓުކޮޅު ވީދާލެއްވި ކަމަށް ދެކެވޭ ވާހަކަ އިދިކޮޅު ކޯލިޝަނުން ދޮގުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވިގޮތުގައި ލީޑާރޝިޕުން އެކަހަލަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.  އަދި އެކަލަ ނޯޓެއް ކުރީގެ ރައީސް ޔާމީނަށް ފޮނުވާފައިވެސް ނުވާނެކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކަ އެއް ކަމުގައި ވެސް ތޮލާލް ވިދާޅުވިއެވެ. މީގެ އިތުރުން މުހައްމަދު ތޮލާލް ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީނު ފިޔަވާ އިތުރު ކެނޑިޑޭޓަކު ނެރޭ ވިސްނުން ވެސް ނުގެންގުޅޭ ކަމަށެވެ.

އިލެކްޝަނުން ކަނޑައަޅާފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތި ލެވޭނެ މުއްދަތަކީ ޖުލައި ތޭވީސް އިން ފެށިގެން އޮގަސްޓު ތިނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް