ޝިފާއުގެ މައްސަލަ ތަހުގީގު ކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ބޭރުގެ އެކި އެކި ވިޔަފާރިތަކުން މުދާގަތުމަށްފަހު ފޭކް ޓެލެގްރަފިކް ޓްރާންސްފާ(ޓީޓީ) ފޮނުވި ހުސައިން ޝިފާއުގެ މައްސަލަ ތަހުގީގު ކުރުމަށް އިންޓަޕޮލްއާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމުގައި ފުލުހ...

15 Mar 2023 | 10:00

ބޭރުގެ އެކި އެކި ވިޔަފާރިތަކުން މުދާގަތުމަށްފަހު ފޭކް ޓެލެގްރަފިކް ޓްރާންސްފާ(ޓީޓީ) ފޮނުވި ހުސައިން ޝިފާއުގެ މައްސަލަ ތަހުގީގު ކުރުމަށް އިންޓަޕޮލްއާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފުލުހައް ހާޒިރުކޮށްފައިވާ ހުސައިން ޝިފާއު 37 މިދިޔަ މަހު 28 ގައި ހައްޔަރުކޮށްފައި ވަނީ ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެ ކުރި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ތަހުގީގު ކުރިއަށްދާ ވަރަކަށް އޭނާ(ހުސައިން ޝިފާއު،36) ވިޔަފާރިކޮށްފައިވާ ބޭރުގެ ކުންފުނިތައް އިތުރުވާނޭ ކަމަށް ލަފާކުރެވޭކަމަށާއި އަދި މިހާރު މަސައްކަތް ކުރަމުން ދަނީ އިންޓަޕޮލް އާ ގުޅިގެން އެ ކުންފުނިތައް ހޯދުމުގެ މަސައްކަތްކަމުގައި ވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވެފައި ވަނީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި 80،000 ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމުގައި ބެލެވޭ ކަމުގައެވެ.

ފޭކު ޓީޓީ ފޮނުވައިގެން މިދިޔަ މަހު 28 ގައި ހައްޔަރު ކުރި ހުސައިން ޝިފާއު އަކީ މީހުންގެ އަތުން ރުފިޔާ ނެގުމަށް ފަހުގައި ޑޮލަރު ދޭނެކަމަށް ބުނެ އޮޅުވާލައި މަކަރުހެދުމަށްފަހުގައި ފިލައިގެން އުޅޭތީ 2021 ވަނަ އަހަރުގައި ހޯދަން އިއުލާނު ކުރި މީހެކެވެ.

ޝިފާއު އާއި ގުޅޭ މިފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުން ދާ ކަމުގައި ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ. އަދި މިފަހަރު މި ތުހުމަތު ކުރެވޭ ކުށުގައި އޭނާގެ އިތުރުން އެހެން ބަޔަކުވެސް ޝާމިލުވާ ކަމަށް ބެލެވޭ ކަމުގައި ވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް