ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވަން ޕްރައިމަރީ ބާއްވަނީ

ޖުމްހޫރީ ޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ބުނެފި އެވެ. ޖޭޕީން ވަނީ އިންތިހާބުގައި ވަކިން ވާދަ ކުރަން ނިންމާފައި އެވެ. އެގޮތަ...

15 Mar 2023 | 09:55

ޖުމްހޫރީ ޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖޭޕީން ވަނީ އިންތިހާބުގައި ވަކިން ވާދަ ކުރަން ނިންމާފައި އެވެ. އެގޮތަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު "ދުވަސް"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރައީސް ކަމަށް ވާދަ ކުރަން ބޭނުންވާ ޕާޓީގެ ހުރިހާ މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ޕްރައިމަރީއަކުން ކެންޑިޑޭޓަކު ހޮވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކުރިޔަށް ދިއުމަށް ކަމަށް ވިދާޅުވި އެވެ.

އިންތިހާބަށް ކުޑަތަން ވަމުން އަންނަ އިރު ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އެ ޕާޓީން ކަނޑަނާޅަ އެވެ. އަލީ ވިދާޅުވީ ޕްރައިމަރީގެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ޖޭޕީން ވަކިން ވާދަ ކުރަން ނިންމީ އެމްޑީޕީ އާއި އެކު ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައި ވަނިކޮށެވެ. ދައުވަތު ގަބޫލުނުކޮށް އިންތިހާބުގައި ވާދަ ކުރަން ނިންމުމުން ރެއާއި މިއަދު ޖޭޕީގެ މެމްބަރުންނާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް