މި ހަފްތާގައި އެންމެ ގިނައީ ފްލެޓާއި އޮންލައިން ޕޭޖުތަކުން މަކަރާއި ހީލަތް ހެދުން!

މިދުވަސްވަރު އެންމެ ގިނައިން ސްކޭމް ހިންގަމުނ ދަނީ ހައުސިންގެ ނަމުގައި ފޯނުކޯލާއި އެސްއެމްއެސް މެދުވެރިކޮށާއި އޮންލައިން ޕޭޖުތަކުން  ކަމަށް ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ބުނެފި އެވެ. ބީއެމް...

15 Mar 2023 | 09:42

މިދުވަސްވަރު އެންމެ ގިނައިން ސްކޭމް ހިންގަމުނ ދަނީ ހައުސިންގެ ނަމުގައި ފޯނުކޯލާއި އެސްއެމްއެސް މެދުވެރިކޮށާއި އޮންލައިން ޕޭޖުތަކުން  ކަމަށް ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލްއިން މިއަދު ބުނީ ހައުސިން ސްކީމްތަކުގެ ނަމުގައި ފްލެޓު ލިބޭނެ ކަމަށް ބުނެ ކުރާ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެގޮތަށް ފައިސާ ހޯދާ ފަރާތްތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން އެއްވެސް މައުލޫމާތެއް އެހެން މީހުންނާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ބުންޏެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ފޭސްބުކް ޕޭޖްތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާ ކަމަށެވެ. އެކަން ހިނގާގޮތަށް ބަލާއިރު ފައިސާ ފޮނުވާ ފަރާތަށް އެ ޕޭޖާ ގުޅޭ އިތުރު މައުލޫމާތު އެނގިފައި ނުހުންނަކަން ފާހަގަވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް އަދިވެސް އެބަ ހިންގާ ކަމަށްވިދާޅުވި އެވެ. އެގޮތުން އަދިވެސް ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ. އަދި ކަސްޓަމަރުންނަށް އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީ ވެސް ހިއްސާކުރެވިފައި ހުންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ އެ މައުލޫމާތުތަކަކީ ބޭންކަށްވެސް އަދި އެހެން އިދާރާއަކަށްވެސްދޭެން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކާ މިފަދަ މައުލޫމާތެއް ހިއްސާނުކުރުމަށް ތަކުރާރުކޮށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް