ގޮތުގައި ހިފަހައްޓަން ހަދައިގެން އަންކިތާއަށް މަސައްކަތެއް ނުލިބި ބާކީވެއްޖެ!

އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަގުބޫފުލު ފަންނާނެއް ކަމަށްވާ އަންކިތާ ލޮކަންޑޭ ހުރީ ކުރާނެ މަސައްކަތެއް ނެތި ބާކީވެފައި ހުރިކަމަށް އޭނާ ބުނެފި އެވެ. އޭނާ އެންމެ މަޝްހޫރުވެގެން ދިޔައީ ޒީޓީވީން ދެއްކ...

15 Mar 2023 | 07:23

އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަގުބޫފުލު ފަންނާނެއް ކަމަށްވާ އަންކިތާ ލޮކަންޑޭ ހުރީ ކުރާނެ މަސައްކަތެއް ނެތި ބާކީވެފައި ހުރިކަމަށް އޭނާ ބުނެފި އެވެ.

އޭނާ އެންމެ މަޝްހޫރުވެގެން ދިޔައީ ޒީޓީވީން ދެއްކި "ޕަވިތްރަ ރިޝްތާ" އިންނެވެ. އޭނާ އާއި އެކު އެ ސިލްސިލާގެ ލީޑްރޯލުން ފެނިގެން ދިޔައީ އަމިއްލައަށް މަރުވި ސުޝާންތް ސިންގް ރާޖްޕުޓެވެ.

އަންކިތާ އެންމެ ފަހުން ފެނިގެން ދިޔައީ2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މަނިކަރްނިކާ" އިންނެވެ. ކަންގަނާ ރަނާވަތުގެ އެ ފިލްމަކީ އޭނާ ބޮލީވުޑަށް ނުކުންނަން ބޭނުން ވެގެން ދެކުނު ހުވަފެން ހަގީގަތަކަށްވި ފިލްމެކެވެ. އެކަމަކު އެ ފިލްމު ވެގެން ދިޔައީ އޭނާގެ މުޅި ކެރިއަރުގެ ނިމުމަށެވެ.

އަންކިތާ މި ހަފްތާ ތެރޭގައި މީޑިއާގައި ބުނީ އެ ފިލްމު ކުޅުނު ފަހުން އޭނާއަށް ފިލްމެއް، ޑްރާމާއެއް އަދި ލަވައެއްވެސް ކުޅެލަން ނުލިބޭ ކަމަށެވެ. އޭނާ ބުނީ އެކަމާ ވަރަށް ދެރަވާ ކަމަށެވެ.

އަންކިތާ ބުނީ އޭނާ އަކީ މަސައްކަތެއް ލިބޭތޯ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ފަހަތުން އާދޭސް ކުރަން ދާނެ މީހެއް ނޫން ކަމަށެވެ. އޭނާ ބުނީ މީގެ ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ފިލްމު ނުވަތަ ޑްރާމާ އުފައްދާ ފަރާތްތަކުން އޭނާ ގާތަށް ގޮސް އެދުމުން ކަމަށެވެ.

އަންކިތާ ބުނީ ބައެއް ފަންނާނުން ހިތްހަމަ ނުޖެހޭ ރޯލުތައް ލިބޭތީ ދޫކޮށްލާވާހަކަ ދެއްކާއިރު އެފަދަ ފުރުސަތެއްވެސް އޭނާއަށް ނުލިބޭ ކަމަށެވެ. އޭނާ ބުނީ ކޮންމެ ކަހަލަ ރޯލެއް ލިބުނަސް ކުޅެން ތައްޔާރަށް ހުރި ކަމަށާއި އެކަމަކު އޭނާ އަބަދުވެސް ކުރިޔަށްދާނީ އުސޫލުތަކުގެ ތެރެއިން ގޮތެއްގައި ހުރެގެން ކަމަށެވެ.

އެއީ މީހުން ކައިރީގައި މަސައްކަތެއް ލިބޭތޯ އާދޭސް ނުކުރުން ކަމަށާއި އެހެންކަމުން ބާކީވެ ހުންނަން ޖެހުނަސް ފިލްމެއް ނޫނީ ޑްރާމާއެއްގެ ރޯލެއް ދޭތޯ ބަލަން މީހެއްގެ ކައިރިއަށް ނުދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް