ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެންސިސް އިން އެޅި މަތީ ފަންތީގެ ފްލެޓުތަކުގެ ތެރެއިން ބައެއް ގަތް މީހުންނާއި ހަވާލު ކުރަން ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ "އައިރާ-އެކްސެޕްޝަނަލް ލިވިިން"ގެ ނަމުގައި އެންސިސް ކުންފުނިން ހެދި އިމާރާތުން ފްލެޓު ގަތް ފަރާތްތަކާއި އިއްޔެ ތަޅުދަނޑި ހަވާޅު ކުރަން ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން 94ފްލެޓު ދެ ބްލޮކަކަށް ހެދިއެވެ. އިއްޔެ ހަވާލު ކުރަން ފަށާފައިވަނީ ބީ ބްލޮކުގެ ފްލެޓުތަކެކެެވެ.
އެ އިމާރާތުގައި، ސްވިމިނިން ޕޫލަކާއި ޖަކޫޒީ ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ސްވިމިން ޕޫލަކާއި އިވެންޓުތަކަށް ހާއްސަ ހޯލެއް އަދި ޖިމެއް ވެސް ހުންނާނެ އެވެ.
އެ ޓަވަރުތަކުގައި 3+1 ގެ 45 އެޕާޓްމަންޓާއި 2+1 ގެ 26 އެޕާޓްމަންޓު އަދި އެއް ކޮޓަރީގެ 13 އެޕާޓްމަންޓު ހުރެ އެވެ. މީގެ އިތުރުން 10 ޕެންޓް ހައުސް ހުންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް