ވަރަށް ހިސާބު ޖަހައިފިން، ރައީސް ސޯލިހު 51 ޕަސެންޓާއި އެކު މޮޅުވާނެ: އިމްރާން

ވަރަށް ހިސާބުު ޖަހާފައިވާ ކަމަށާއި ކޯލިޝަނާއި އެކު ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިޔަށް އޮތ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އިބްދުﷲ ވިދާޅ...

15 Mar 2023 | 05:58

ވަރަށް ހިސާބުު ޖަހާފައިވާ ކަމަށާއި ކޯލިޝަނާއި އެކު ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިޔަށް އޮތ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އިބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ މިހާރު އޮތް އެމްޑީޕީގެ ވެރިކަމުގެ މައި ކޯލިޝަން ޕާޓްނަރު ޖޭޕީން އެޕާޓީ އާއި އެކު ކޯލިޝަން ނަހަދަން ނިންމުމުންނެވެ. ޖޭޕީން އިއްޔެ ނިންމީ އިންތިހާބުގައި ވާދަ ކުރާށެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު އަދި އެމްޑީއޭ ގުޅިގެން ރައީސަށް ދެ ވަނަ ދައުރަކަށް ހޮވުމަށް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ 51.2 ޕަސެންޓަށް ވުރެ މަތިން ކާމިޔާބުކުރާނެ ކަމަށެވެ.

https://twitter.com/ShimranAb/status/1635848101989605377

ޖޭޕީން ވަކިން ވާދަ ކުރަން ނިންމިއަސް ކޯލިޝަން ޕާޓްނަރު އެމްއާރުއެމްއިން އަދި ގޮތެއް ނުނިންމަ އެވެ.

މިހާތަނަށް ރައީސް ސޯލިހާއި އެކު ކުރިޔަށްދާން ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް