ބަހުރޭނުގައި ކަރަންޓު ކީހަކުން ދަރިއަކު މަރާލަން އުޅުނު ބައްޕައަކު އުމުރަށް ޖަލަށް

ބަހުރޭނުގައި ކަރަންޓު ކީހަކުން ފިރިހެން ދަރިއަކު މަރާލަން މަސައްކަތްކުރި ބައްޕައަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 40 އަހަރުގެ ބަ...

15 Mar 2023 | 03:00

ބަހުރޭނުގައި ކަރަންޓު ކީހަކުން ފިރިހެން ދަރިއަކު މަރާލަން މަސައްކަތްކުރި ބައްޕައަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 40 އަހަރުގެ ބައްޕައަކު އޭނާގެ 14 އަހަރުގެ ފިރިހެން ދަރިއަކު މަރާލަން ރާވައި އެ ކުއްޖާ ނިދާފައި އޮއްވާ ކަރަންޓު ކީހުން ހަމަލާ ދިނެވެ. އެހެން ނަމަވެސް މަރު ނުވެ އެ ކުއްޖާ ސަލާމަތް ވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 40 އަހަރުގެ މީހާ އޭނާގެ ދަރި މަރާލަން ނިންމީ ބަސް ނާހާތީއާއި ސިނގިރޭޓު ބޮއެ ސްކޫލުގައި ސިނގިރޭޓު ބަހާކަމުގެ ތުހުމަތުގައި ސްކޫލުން ސަސްޕެންޑް ކުރުމާއި އެއްގޮތަކަށްވެސް ބައްޕަގެ ބަސް ނާހާ، ކަންކަމުގައި ބައްޕައާއި ޖަދަލުކުރާކަމަށް ބުނެއެވެ.

އެ ކުއްޖާ ސަލާމަތްވީ ކަރަންޓު ކީހުން ހަމަލާދީ މަރާލަން އުޅުމުގެ ތެރޭގައި ބެޑްޝީޓެއް ކީހުގައި އޮޅި ކީސް ހަލާކުވުމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް އެކުއްޖާއަށް ސީރިއަސް ޒަޚަމްތަކެއް ލިބި އައިސީޔޫގައި ފަރުވާދީފައެވެ.

ބަހުރޭނުގެ ޖުޑީޝަރީ ނިޒާމު އޮންނަ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް 40 އަހަރުގެ މީހާގެ މައްޗަށް އިއްވާފައިވަނީ އެ ގައުމުގެ މަތީ ކޯޓަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް