ދުނިޔޭގެ ކުރީގެ އެއްވަނަ ވޮލީބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ގިލްބާޓޯ އަމައުރީ (ގިބާ) ބައިވެރިވާ ވޮލީ ހަވީރެއް ބާއްވަން ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހަމަޖައްސައިފިއެވެ.
ވީއޭއެމުން މިކަން ހާމަކޮށްފައި ވަނީ ފޭސްބުކުގައި ކުރި ޕޯސްޓެއްގައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ސްޕޯޓްސް އެވޯޑްގައި ބައިވެރިވުމަށް އާއިލާއާއެކު މިއަދު ގިބާ ވަނީ ރާއްޖެ އައިސްފައެވެ.
ވީއޭއެމް އިން ވަނީ ގިބާ ރާއްޖެއައުމުން ހޫނު މަރުހަބާއެއް ކިޔާފައެވެ.
ވީއޭއެމުން ބުނީ ގިބާ ބައިވެރިވާ ވޮލީ ހަވީރު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 16:30 ހަވީރު 18:00 އަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބީޗް ވޮލީ ކޯޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް