އެމްޕީއެލްގެ ވަޒީފާއިން ރިޓަޔާވި ހަ ބޭފުޅުންގެ އަގު ވަަޒަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާ އިން ރިޓަޔާވި ބޭފުޅުންތަކެއްގެ ހިދުމަތުގެ އަގު ވަަޒަންކޮށްފި އެވެ. އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފްލާއެއްގައި ރިޓަޔާ ކުރި ބޭފުުޅ...

15 Mar 2022 | 17:55

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާ އިން ރިޓަޔާވި ބޭފުޅުންތަކެއްގެ ހިދުމަތުގެ އަގު ވަަޒަންކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފްލާއެއްގައި ރިޓަޔާ ކުރި ބޭފުުޅުން އެ ކުންފުންޏަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ރިޓަޔާ ކުރި ބޭފުޅުންނަށް ހަނދާނީ ފިލާ އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

މިއަދު ރިޓަޔާވި ބޭފުޅުންގެ ތެރޭގައި އެ ކުންފުންޏަސް19 އަހަރާއި17،28 އަހަރާއި29 އަހަރުގެ ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ހިމެނެ އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު ވަނީ ރިޓަޔާ ކުރި މުވައްޒަފުން އެމްޕީއެލް އަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެފަދަ ހިދުމަތްތެރި ބޭފުޅުން ކުންފުންޏާ ވަކިވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެ ބޭފުޅުން ކުންފުންޏަށް ކޮށްދީފައިވަނީ އަގުހުރި ހިދުމަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް