ސިނަމާލެ ބްރިޖް ކައިރީގައި އޮންނަ ކުޑަ ބީޗަށް މިރޭ އެރި ވެލަޔަށް ދިވެހި ފުލުުހުން ހިމާޔަތް ދީފިއެވެ.
މިރޭ ވެލާ އަރާފައިވާއިރު ކުރިން ދެ ރެއަކުވެސް ހަމަ އެ ސަރަހައްދަށް ވެލާ އެރިއެވެ. އެންމެ ފަހުން ވެލާ އެރި ރޭ ފުލުހުން ވަނީ ގަދަކަމުން އެ ވެލާ ފޮނުވާލާފައެވެ. އެކަމާ އާންމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
މިރޭ އެ ސަރަހައްދަށް ވެލާ އެރުމުން ގިނަ ބަޔަކު އެ ސަރަހައްދަށް ވެލާ ބަލަން އެއްވިއެވެ. ނަމަވެސް މިހާރު ފުލުހުން ވަނީ އެ ސަރަހައްދު ކޯޑަން ކޮށް އެ ސަރަހައްދުގައި އާންމުން މަޑު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް