12 ކިލޯގެ މަސްތުވާތަކެއްޗާއެކު ކަނޑުމަތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާއާއެކު، ކުރީގެ ފިލްމީތަރި އަދި މިއުޒީޝަން ހުސެއިން ސޮބާހުވެސް ފުލުހުންގެ ބެލުުމުގެ ދަށަށް ގެންދިޔަކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ކުރިން ފުލުހުން ބުނެފައިވަނީ ކަނޑުމަތީގައި ހިންގި އޮަޕަރޭޝަނެއްގައި ހައްޔަރުކުރީ އިންޑިއާ ރައްޔިތެއް ކަމަށެވެ.
ނަމަވެސް ފަހުން ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަަމަށެވެ.
"ބަންދަށް 10 ދުވަހުގެ މުއްދަތެއް ދިވެހި މީހާއަށް، ބަންގްލަދޭޝްގެ މީހާއަށް 15ދުވަހުގެ މުއްދަތެއް ވަނީ ދީފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުުހުން ކުރިން ބުނީ ހައްޔަރުކުރީ އިންޑިއާ މީހެއް ކަމަށެވެ. ނަމަވެސް ފަހުން ބުނާގޮތުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކާއި ދިވެހި ރައްޔިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް