އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް މާދަމާ މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމް ގއ. އާއި ގދ. އަތޮޅަށް ދިއުމަށް ނިންމައިފި އެވެ.
އިންތިގެ ކެމްޕެއިން ޓީމުން ބުނީ މި ދަތުރުގައި އެ ދެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ. މި ދަތުރަކީ ހަތަރު ދުވަހުގެ ދަތުރެކެވެ.
އެ ޓީމުން ބުނީ މި ދަތުރުގައި ގދ. ތިނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޖަލްސާގައި މަގާމު ލިބިވަޑައިގެންފިނަމަ ކޮށްދެއްވާނެ ކަންކަން ހިމެނޭ ވައުދުނާމާ އިއުލާނުކުރެއްވުން އޮންނާނެ ކަމަށެވެ.
ކެމްޕޭންގައި މިހާތަނަށް އިންތިވަނީ ފުވައްމުލައް، އައްޑޫ ސިޓީ، ހއ. އަތޮޅު، ހދ. އަތޮޅު އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ދަތުރުކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ.
ފައްޔާޒްވެސް ގެންދަވަނީ އަތޮޅު ތެރެއަށް ދަތުރު ކުރައްވާ ފޯރިއާއި އެކު ކެމްޕެއިން ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް