ސިންގަޕޫރާއެކު ރާއްޖެއިން ޓްރާންސްޕޯޓުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމާއި އެއަރކްރާފްޓް އެކްސިޑެންޓްތައް ތަހުޤީޤްކުރުމާއި ގުޅޭ އެއްބަސްވުމެއް ގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޓްރާންސްޕޯޓްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ޓްރެއިންގ، މެރިޓައިމް ޓެކްނިލް އެސިސްޓަންސް، ރޯޑް އަދި ޓްރެފިކް މެނޭޖްމަންޓްގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރަށްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއެވެ.
ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޓްރާންސްޕޯޓް އެންޑް ޓްރޭޑް ރިލޭޝަން މިނިސްޓަރ އެސް އީސްވަރަންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް