ކުރީގެ މެންބަރުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސް ދޭން ނުފެންނަ ކަމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅުންގެ އަނބިންނާއި ދަރިންނަށް ހެލްތު އިންޝުއަރެންސް ހަމަނުޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ކުރީގެ މެމްބަރުންނާއި އެބޭފ...

15 Mar 2022 | 09:30

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅުންގެ އަނބިންނާއި ދަރިންނަށް ހެލްތު އިންޝުއަރެންސް ހަމަނުޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކުރީގެ މެމްބަރުންނާއި އެބޭފުޅުންގެ އާއިލާއަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނުފެންނަކަމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

އެގޮތުން މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ އާންމު ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް މަޖިލީހުގައި މިއަދުވަނީ ބަހުސްކޮށްފައެވެ.

މީގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޙަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުތައް ބަޔާންކުރާ ޤާނޫނުގައިވެސް އޮންނަނީ މަޖިލީހުުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ލިބޭ އިނާޔަތްތަކެއްގެ ވާހަކަ ކަމަށާއި އެ ބޭފުޅުންގެ ދަރިންނާއި އަނބިންނަށް އިނާޔަތްތަކެއް ދިނުމުގެ ވާހަކަ އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅުންގެ އަނބިންނާއި ދަރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސަން ނުފެންނަކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 26 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ ހުށަހެޅުމާ ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް