ކަރްނާޓަކާ ހައިކޯޓުން ހުކުމްކުރީ ބުރުގާ އެޅުމަކީ އިސްލާމްދީނުގައި މަޖުބޫރު ކަމެއް ނޫންކަމަށް

ބުރުގާ އެޅުމަކީ އިސްލާމީ އަސާސީ ހުކުމެއް ނޫންކަމަށް ކަރްނާޓަކާގެ ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި ހުކުމް އެ ކޯޓުން މިއަދު އިއްވާފައިމިވަނީ ސްކޫލުތަކުގެ މުސްލިމް ދަރިވަރުން ބުރުގާ އެޅުން ސްކޫލުތ...

15 Mar 2022 | 08:42

ބުރުގާ އެޅުމަކީ އިސްލާމީ އަސާސީ ހުކުމެއް ނޫންކަމަށް ކަރްނާޓަކާގެ ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި ހުކުމް އެ ކޯޓުން މިއަދު އިއްވާފައިމިވަނީ ސްކޫލުތަކުގެ މުސްލިމް ދަރިވަރުން ބުރުގާ އެޅުން ސްކޫލުތަކުން މަނާކުރި ކުރުން ކަރްނާޓަކާ ކޯޓަށް ހުށަހެޅުމުން މަހެއްހާ ދުވަހަށްފަހު އެ މައްސަލައިގާ މިއަދު ހުކުމް އިއްވަމުންނެވެ.

މިއާއެކު ކަރްނާޓަކާގެ ސްކޫލުތަކުގައި މުސްލިމުންނަށް ބުރުގާ މަނާވާ މަނާވުން ދާއިމީ ވީއެވެ.

މި ހުކުމާއެކު ކަރްނާޓަކާގައި މަސްލަހަތު އިތުރަށް ގޯސްވެދާނެކަމަށް ބަލައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ބޮޑެތި އެއްވުންތައް ކަރްނާޓަކާގެ އެއްވެސް ހިސާބެއްގައި ނުބޭއްވޭނެކަން ކުރިން ވަނީ އިއުލާނުކޮށްފައެވެ.

ކަރްނާޓަކާގެ ސްކޫލުތަކުގައި މުސްލިމުންނަށް ބުރުގާ ނޭޅޭނެކަމަށް ނިންމި ނިންމުން އިންޑިއާގެ ބައެއް އެހެން ސަރަހައްދުތަކުގައިެވސް ވަނީ ކޮޕީ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް