ޖުވެނައިލް ކޯޓުގެ އަނބުގަހުން 72 އަނބު ބިން މީހަކު ހަ މަހަށް ޖަލަށް

ވަގަށް އަނބު ބިން މީހަކު ހަމަހަށްވުރެ ގިނަ ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ. އެމީހާ އަނބު ބިނީ ޖުވެނައިލް ކޯޓު ގޯތި ތެރޭގައި ހުރި ގަހަކުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކުރި އެ ވައްކަމުގައި އެމ...

15 Mar 2022 | 08:32

ވަގަށް އަނބު ބިން މީހަކު ހަމަހަށްވުރެ ގިނަ ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އެމީހާ އަނބު ބިނީ ޖުވެނައިލް ކޯޓު ގޯތި ތެރޭގައި ހުރި ގަހަކުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކުރި އެ ވައްކަމުގައި އެމީހާ ގަހުން72 އަނބު ބިނދެފައިވެ އެވެ.

މި މައްސަލައިގަ އެމީހާ އާއި ދެކޮޅަށް ދެ ދައުވާއެއް އެފުލި އެވެ. އެއީ ވައްކަމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

މި ދައުވަތައް ސާބިތުވުމުން ވައްކަމުގެ ކުށުގައި  ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އިރު ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އެއް މަހާއި 27 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި އެވެ.

މީގެ އިތުރު އެ ވައްކަމުގެ ފަހުން ހުއްދަނެތި އެހެން ގެއަކަށް ވަދެފައިވާތީވެސް އިތުރު ދެ މަހާއި 23 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް