އިންޑިއާގެ ތަމިލްނާޑޫގެ ކުރީގެ މަޖިލިސް މެންބަރު އެސްޕީ ވެއްލުމަނީ އޭނާގެ އާއިލާއާއެކު ބޮޑު ޗުއްޓީއަކަށް ރާއްޖެއައީ ކޮރަޕްޝަން ހިންގައިގެން ހޯދި ފައިސާއަށްކަމުގައި ތުހުމަތުކޮށްފިއެވެ.
މި ތުހުމަތު ވެއްލުމަނީގެ މައްޗަށް ކޮށްފައިވާއިރު ރޭގެ ވަގުތެއްގައި އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ވިޖިލޭންސް އެންޑް އެންޓި ކޮރަޕްޝަނުން ވަނީ ވެއްލުމަނީގެ ގެ ރެއިޑްކޮށްފައެވެ.
ވެއްލުމަނީއާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ހިމެނޭހެން 12 މީހެއްގެ މައްޗަށް ތުހުމަތު ކުރަނީ މަގާމުގައި ހުންނެވި އިރު ނާޖާއިޒު ބާރާއި އިހުތިޔާރުތައް ބޭނުންކޮށްގެން ކޮރަޕްޝަން ހިންގައި ނަހަމަގޮތުގައި މުއްސަނދިވީ ކަމަށެވެ.
މީގެ ތެރޭގައި ދެތިން ފަހަރެއްގެ މަތިން ވެއްލުމަނީ ރާއްޖެ އައި އައުމާއި އަދި އެއް ފަހަރެއްގައި އޭނާގެ މުޅި އާއިލާ ރާއްޖެއައިސް ބައްތިރީސް ދުވަހު ރާއްޖޭގައި ތިބި ތިބުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގާ ވެއްލުމަނީ އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް