އެމްއެމްއޭއާއި ބީއެމްއެލްއާއި ދެކޮޅަށް ދައުވާކުރަން އަލްހާން ނިންމަވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެކޮޅަށް ދައުވާ ކުރުމަށް އަލްހާން ފަހުމީގެ ކިންގްސް ކުންފުނިން ނިންމައިފިއެވެ. އެކުންފުނިން މިކަން ހާމަކުރީ އެ ކ...

15 Mar 2022 | 07:48

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެކޮޅަށް ދައުވާ ކުރުމަށް އަލްހާން ފަހުމީގެ ކިންގްސް ކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން މިކަން ހާމަކުރީ އެ ކުންފުނީގެ ގާނޫނީ ވަކީލުންނާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާން ފަހްމީ ވިދާޅުވީ ދައުވާ ދެ ބޭންކާއި ދެކޮޅަށް ދައުވާކުރަނީ އެ ކުުންފުނީގެ ގުޑްވިލް ނަގާލައި، އަބުރު ކަތިލާފައިވާތީ ކަމަށެވެ .އަދި މި ދައުވާ ކާމިޔާބު ކުރެވި ބޮޑު ބަދަލެއް ލިބޭނެކަމުގައި ގަބޫލުފުޅުކުރައްވާ ކަމުގައިވެސް އަލްހާން ވިދާޅުވިއެވެ.

މި މައްސަލައަށް އަލްހާން ފަހުމީގެ ކުންފުނިން އައްޔަނުކޮށްފައިވާ ދެ ވަކީލުންނަކީ ސިިވިލްކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމެވެ.

ބޮޑު ސްކޭމް ސްކީމެއް ހިންގާކަމަށް ބުނެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ހަފްތާގައި ބަޔާނެއް ނެރުނެވެ. ނަމަވެސް އެކަން ކުރަނީ ކޮން ބައެއްކަން ބުނެފައެއް ނުވެއެވެ.

އެހެންނަމަވެސް އަލްހާން ފަހްމީ އިސްވެ ހުންނަވައި ހިންގަމުން އަންނަ ކިންގްސް އިންވެސްޓްމެންޓުން އެ ބަޔާން ކުށްވެރިކޮށް ބުނެފައިވަނީ އެ ބަޔާން އަމާޒުވަނީ އެ ކުންފުންޏަށް ކަމަށެވެ. އޭގެ ފަހުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް