ކުރީގެ މެމްބަރު އަދި މެމްބަރު ފަޒުލްގެ ބައްޕަ އަވަހާރަވެއްޖެ

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއް ރަޝިދުދ އަލީ އަވަހާރަ ވެއްޖެ އެވެ. ރަޝީދު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ. ރަޝީދު އާލާސްކަންފުޅާއި އުޅ...

15 Mar 2022 | 07:40

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއް ރަޝިދުދ އަލީ އަވަހާރަ ވެއްޖެ އެވެ.

ރަޝީދު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ. ރަޝީދު އާލާސްކަންފުޅާއި އުޅުއްވާތާ މަހެއްހާ ދުވަސްވެއްޖެ ކަމަށް މައުލޫމާތު ލިބެ އެވެ.

ދައުލަތަށް ގިނަ ދުވަސްވަންދެން ހިދުމަތް ކުރައްވާފައިވާ ރަޝީދަކީ މިހާރުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބައްޕަ އެވެ.

ރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެމްބަރުކަން ދެ ދައުރުގައި ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އދ. އަތޮޅުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ.

ދައުލަތުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި ފުލުސް ކޯޓުގެ ފުރަތަމަ އިސް ގާޒީ ކަމާއި ޕްރިޒްންސް ޑިވިޝަންގެ އިސްވެރިޔާ ކަމާއި މާފަންނު އަވަށު އޮފީހުގެ އިސްވެރިއެއްގެ މަގާމު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް