އަލްހާންގެ ފަންޑުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އަލްހާން ފަހުމީގެ ފަންޑުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކ...

15 Mar 2022 | 05:20

އަލްހާން ފަހުމީގެ ފަންޑުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. .މި މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު ރާއްޖޭގައި ބޮޑު ސްކޭމް ސްކީމެއް ހިންގާކަމަށް ބުނެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ހަފްތާގައި ބަޔާނެއް ނެރުނެވެ. ނަމަވެސް އެކަން ކުރަނީ ކޮން ބައެއްކަން ބުނެފައެއް ނުވެއެވެ.

އެހެންނަމަވެސް އަލްހާން ފަހްމީ އިސްވެ ހުންނަވައި ހިންގަމުން އަންނަ ކިންގްސް އިންވެސްޓްމެންޓުން އެ ބަޔާން ކުށްވެރިކޮށް ބުނެފައިވަނީ އެ ބަޔާން އަމާޒުވަނީ އެ ކުންފުންޏަށް ކަމަށެވެ. އޭގެ ފަހުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް