ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފި

12 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ  ކަނޑުމަތީގައި ރޭގައި ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު ...

15 Mar 2022 | 05:05

12 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ  ކަނޑުމަތީގައި ރޭގައި ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު 37 އަހަރގެ އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފައިވާކަމަށެވެ.

"މީނާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް" ފުލުހުން ބުނެފައިވެއެވެ.

އިންޑިއާގެ މި މީހާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް