ޒުލަކުން ފިލި ޖަމަލެއްގެ ހަމަލާއެއްގައި ދެމީހަކު މަރުވެއްޖެ

އެމެރިކާގެ ޓެނެސީގެ ޒުލަކުން ފިލި ޖަމަލެއްގެ ހަމަލާއެއްގައި ދެމީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޖަމަލުގެ ހަމަލާގ...

15 Mar 2022 | 05:00

އެމެރިކާގެ ޓެނެސީގެ ޒުލަކުން ފިލި ޖަމަލެއްގެ ހަމަލާއެއްގައި ދެމީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޖަމަލުގެ ހަމަލާގައި މަރުވެފައި ވަނީ ބޮބީ މެތީނީ 42 އާއި ޓޮމީ ގަން، 67 އެވެ.

އެ ސިޓީގެ ޝެރިފްގެ އޮފީހަށް، ޝަރލީ ފާރމްސް ޕެޓިންގ ޒޫ ކައިރީގައި ތިބި ބަޔަކަށް ހަމަލާދިން ކަމުގެ ކޯލެއް ލިބުނީ، ބުރާސްފަތި ދުވަހު ހަވީރު 4:45 ހާއިރު ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން އެކަކު އެމްބިއުލާންސަށް އެރުވި ވަގުތު ޖަމަލު އަލުން އެ ސަރަހައްދަށް އައިސް ޝެރިފްގެ އޮފީސް ވެހިކަލަކަށް ވެސް ހަމަލާދީފައި ވެއެވެ. ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އެދެމީހުން ވަނީ މަރުވެފައެވެ.

މި ހާދިސާގައި ޒޫއިން ޖަމަލުދޫވެފައި ވަނީ ކިހިނެެއްކަމެއް އަދި ސާފެއް ނުވެއެވެ.

ޝަރލީ ފާރމްސް އިން ސީބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، މި ހަމަލާއާ ގުޅިގެން ހިތާމަކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް