އާލިއާ ހުރީ ރާއްޖޭގައި، މިއަދު އެ ފުރުނީ 29 އަހަރު

ބޮލީވުޑް ބަތޮލާ އާލިއާ ބަޓަށް މިއަދު 29 އަހަރު ފުރިއްޖެއެވެ. މިއަދު މި ބަތަލާއަށް 29 އަހަރު ފުރުނި އިރު މިވަގުތު އާލިއާ ހުރީ ރާއްޖޭގައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ދައްތަ ޝާހީން ...

15 Mar 2022 | 04:49

ބޮލީވުޑް ބަތޮލާ އާލިއާ ބަޓަށް މިއަދު 29 އަހަރު ފުރިއްޖެއެވެ.

މިއަދު މި ބަތަލާއަށް 29 އަހަރު ފުރުނި އިރު މިވަގުތު އާލިއާ ހުރީ ރާއްޖޭގައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ދައްތަ ޝާހީން ބަޓާއެކީގައެވެ.

އާލިއާއަށް މިއަދު 29 ފުރިފައިވާއިރު ބޮލީވުޑް ތަރިން އަންނަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. އެގޮތުން ވާން އުޅޭ މައިދައިތަ (ރަންބީރު ކަޕޫރުގެ މަންމަ) ވެސް އާލިއާއަށް އުފަންދުވަހުގެ ތަހުނިޔާ މިހާރު ފޮނުވާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގެ ވަރުގަދަ ޑިރެކްޓާ އަދި ޕްރޮޑިއުސާ، މަހޭޝް ބަޓްގެ ދަރި އާލިއާ ބަޓް އެންމެ ފުރަތަަމަ ފިލްމީ ދާއިރާއަށް ނިކުތީ 1999 ވަނަ އަހަރު ފިލްމު ސަންގަރްޝް އިންނެވެ. މިހާތަނަށް 20 ފިލްމު ކުޅެ ރިލީޒްކޮށްފައިވާއިރު އެންމެ ފަހުން ކުޅުނު ގަންގޫބާއި ކަތިއާވާޅީއަށްވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވެއެވެ.

މި އަހަރު އާލިއާގެ އަދި ތިން ފިލްމެއް ރިލީޒްވާން އެބަ އޮތެވެ. އެއީ އާރުއާެރުއާރާއި ބްރައްމަސްތުރާާއާއި ޑާލިންގްސް އެވެ. ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ ނަމަކަށްކިޔާ ފިލްމެއްގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެ ފިލްމަކީ 2023 އަށް ފައްކާކުރަމުން އަންނަ ފިލްމެކެވެ.

އާލިއާ އޭނާގެ އުފަންދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރު އޭނާއާއެކު ރާއްޖެ އައިސްފައެއް ނުވެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް