ރަޝިޔާގައި އިންސްޓަގްރާމް ބްލޮކްކޮށްފިއެވެ.
މިއީ ފޭސްބުކާއި ޓްވިޓާއަށްފަހު ރަޝިޔާގައި ބްލޮކްކުރި ސޯޝަލް މީޑިއާގެ ތިންވަނަ ޕްލެޓްފޯމެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިއްޔެގެ މެންދުރުގެ ވަގުތެއްގައި ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ރަޝިޔާގެ އެއްވެސް ހިސާބެއްގައި އިންސްޓަގްރާމް ބޭނުން ނުކުރެވޭނޭހެން ބްލޮކްކޮށްފައެވެ.
ރަޝިޔާއިން އިންސްޓަގްރާމް ބްލޮކްކޮށްފައިމިވަނީ ރަޝިޔާއާއި ޔޫކްރޭން މަސްރަހުގައި އިންސްޓަގްރާމުންވެސް ޔޫކްރޭނުގެ ކޮޅު ފާޅުގައި ހިޔާރުކޮށް ރަޝިޔާއާއި ދެކޮޅަށް ޕްރޮޕެގަންޑާ ފެތުރޭނެ ފުރުސަތު އިންސްޓަގްރާމްގައިވެސް ފަހިކޮށްފައިވާތީކަމަށް ބުނެއެވެ.
ރަޝިޔާއިން ފޭސްބުކާއި ޓްވީޓާވެސް ބްލޮކް ކުރީ ހަމަ މި ހުތްޖަތް ދެއްކުމަށްފަހުގައެވެ.
ރަޝިޔާއިން އިންސްޓަގްރާމާއި ފޭސްބުކާއި ޓްވިޓާ ބްލޮކްކޮށްފައިވާއިރު އެ ޕްލެޓްފޯމްތަކުގެ އިންފްލުއެންސަރުންވަނީ އެކަން އެގޮތަށް ނުކުރުމަށް ރަޝިޔާގެ ސަރުކާރުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް އާދޭސްކޮށްފައެވެ. ނަމަވެސް ރަޝިޔާއިން އެއިން އެއްވެސް އާދޭހަަކަށް އިޖާބަދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް