މިއަދަކީ ބުރުގާ މައްސަލައިގާ އިންޑިއާގައި ހުކުމް އިއްވާ ދުވަސް

15 މާރިޗް ވީ މިއަދަކީ އިންޑިއާގައި ބޮޑު ދުވަހަކަށް ވާނެ ދުވަހެކެވެ. ބޮޑެތި ކަންތައްކަތެއް ހިނގައިފާނެ ދުވަހެކެވެ. ފާއިތުވި މަހެއްހާ ދުވަހު ހޫނުވެފައިވާ މެޖޯރިޓީ-މައިނޯރިޓީ ދީނީ ބޮޑު މައްސަލައިގާ ހުކުމ...

15 Mar 2022 | 04:11

15 މާރިޗް ވީ މިއަދަކީ އިންޑިއާގައި ބޮޑު ދުވަހަކަށް ވާނެ ދުވަހެކެވެ. ބޮޑެތި ކަންތައްކަތެއް ހިނގައިފާނެ ދުވަހެކެވެ.

ފާއިތުވި މަހެއްހާ ދުވަހު ހޫނުވެފައިވާ މެޖޯރިޓީ-މައިނޯރިޓީ ދީނީ ބޮޑު މައްސަލައިގާ ހުކުމް އިއްވާ ދުވަހެވެ.

ހާއްސަގޮތެއްގައި ކަރްނާޓަކާގައި މި މައްސަލަ ބޮޑުވެ ހޫނުވީ ސްކޫލުތަކުގައި މުސްލިމް ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރި ހިސާބުންނެވެ. ތަފާތު ކުރުން އިންތިހާއަށް ގިނަވި ހިސާބުންނެވެ.

އެހިސާބުން އެތައް މައްސަލައެއް މުސްލިމް ދަރިވަރުންގެ ފަރާތުންނާއި އިދިކޮޅު ހިންދޫ ދަރިވަރުންގެ ފަރާތުންވެސް ކަރްނާޓަކާގެ ހައިކޯޓަށް ހުށަހަޅާފައިވާއިރު މި މައްސަލައިގާ ހައިކޯޓުން މިއަދު ގޮތެއް ނިންމާނައެވެ.

ހައިކޯޓުން މިހާތަނަށް ވަގުތީގޮތުން ނިންމާފައި އޮތީ ކޯޓުން ހުކުމް ނީއްވަނީސް ބުރުގާ އަޅައިގެންވެސް، އަނެއްކޮޅުން ހިންދޫ ދީނުގެ ކިޔަވާ ދަރިވަރުން އޮރެންޖު ފޮތިކޮޅު ކަރުގައި އަޅައިގެންވެސް ސްކޫލަށް ނުވަދެވޭނެ ކަމަށެވެ.

ބޮޑު މި މައްސަލައިގާ މިއަދު ހުކުމެއް ކުރާއިރު ހަލަބޮލިވެދާނެކަމަށް ދުރާލާ ވިސްނައި ގިނަ ސްކޫލުތަކެއްގެ ކިޔެވުން މިއަދު ވަނީ ބަންދުކޮށްފައެވެ. ސަލާމަތީ ބާރުތައްވެސް އޮތީ ތައްޔާރީ ހާލަތުގައެވެ. ބައެއް ސަރަހައްދުތަކުގައި ހަފްތާއެއްގެ މުއްދަތަށް އެއްވެސް ކަހަލަ އެއްވުމެއް، ރަސްމިއްޔާތެއް ނުބާއްވަންވެސް ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް