ތައިލެންޑުގައި ކޮންމެ އަހަރަކު ފާހަަގކުރަމުން އަންނަ، ގައުމީ އެތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ އަދަދެއްގެ އެތްތަކަށް ޖާފަތެއް ބާއްވައިފިއެވެ.
އެތަކީ ތައިލެންޑްގެ ރަސްމީ ޖަނަވާރެވެ. އެއީ އެ ގައުމުގެ ފަހުރުކަމުގައި އެ ގައުމުގެ ރައްޔިތުން ދެކޭއިރު ކޮންމެ އަހަރަކުވެސް އެއް ފަހަރު އެތުގެ ދުވަސް އެ ގައުމުގައި ފާހަގަކުރަމުން ގެންދެއެވެ.
އެގޮތުން މިގޮތަށް ފާހަގަކުރެވޭ އެތުގެ ދުވަހުގައި އާންމުގޮތެއްގައި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އެތަށް ޖާފަތް ބާއްވައެވެ. އެ ޖާފަތުގައި ގިނަ އަދަދެއްގެ އެތް އެއްތާކަށް ޖަމާކޮށް މޭވާއާއި ތަރުކާރީ ގިނަ އަދަދަކަށް ވެދުންކުރެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮވިޑާއި ގުޅިގެން މި ހަރަކާތް ބޭއްވުން މިފަހުން އެހާރަނގަޅަށް ކުރިއަށް ނުގެންދެއެވެ. ނަމަވެސް މި އަހަރު މި ދުވަސް އިއްޔެ އެ ގައުމުގައި ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް