ކުޅިވަރެއްގެ ކެޓަގަރީގައި ސައުދީ އަރަބިއްޔާގެ ސްކޫލުތަކަށް ޔޯގާ ތައާރަފްކުރަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ސައުދީ ޔޯގާ ކޮމިޓީންނެވެ.
އަރަބި ނިއުސްގައި އެ ކޮމިޓީގެ ރައީސް ނައުފް އަލް މަރްވާއީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މި އަހަރުގެ ތެރޭގައި އެ ގައުމުގެ ސްކޫލުތަކުގެ ކަރިކިއުލަމަށް ޔޯގާ އިތުރު ކުރެވޭނެއެވެ. މި ނިންމުން ނިންމާފައިވަނީ ޔޯގާއިން ލިއްބައިދޭ ސިއްހީ ފައިދާތަކަށް ރިއާޔަތްކޮށް ކަމަށް ބުނެފައިވެއެވެ.
ސައުދީ ސްކޫލުތަކުގައި ޔޯގާ ތައާރަފްކުރަން ނިންމާފައިވާއިރު ސައުދީގައި މިހާރުވެސް ޔޯގާ ކިޔަވައިދިނުމާއި ޕްރެކްޓިސް ކުރުން ހުއްދައެވެ. އެ ކަން ހުއްދަކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމާސްއިން އެ ހުއްދަ އާންމުކޮށް ދޫކޮށްލުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް