ކޮވިޑަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިން ދިން އަދަދު ދެ ލައްކައިން މައްޗަށް ގޮސްފައި ވާއިރު، ރާއްޖޭގައި މިއަދު 6597 މީހަކަށް ވެކްސިން ދީފައިވެއެވެ،. އެހެންކަމުން މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު މިވަނީ 212،711 އަށް އަރާފައެވެ.
ރާއްޖޭގައި ވެކްސިން ދިން އަދަދު ދެ ލައްކައަށް ވުރެ މަތިވެފައި ވާއިރު، މިއަދު މާލެ ސަރަހައްދުގައި 4994 މީހަކަށް އަދި މާލެ ނޫން ސަރަހައްދުތަކުގައި 1603 މީހަކަށް ވެކްސިން ދީފައިވެއެވެ.
މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް-19 ދިފާޢު ވެކްސިން ޖަހަން ފަށާފައި ވާއިރު، މިއަދު މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާފައެވެ. އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެން ދޭންފަށާނީ، އިތުރު ވެކްސިންތައް ލިބުމުން ކަމަށެވެ.
ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. ފައިޒާ އަދި ސިނޮފާމް ވެކްސިން ރާއްޖޭގައި ޖެހުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ވަނީ ހުއްދަ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް