މި ފަހަކަށް އައިސް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އަށްވުރެ ދަށްވީ މިއީ ތިންވަނަ ދުވަހެވެ.
އެގޮތުން ކޮވިޑަށް މިއަދު ފައްސިވެފައި ވަނީ ޖުމުލަ 94 މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ކޮވިޑަށް މިއަދު ރާއްޖެއިން 94 މީހަކު ފައްސި ވެފައިވާއިރު އޭގެ ތެރެއިން 80 މީހަކު ފަައްސި ވެފައިވަނީ މާލެ ސަރަހައްދުންނެވެ.
މާލެ ނޫން ސަރަހައްދުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 7 މީހެކެވެ. ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވަނީވެސް 7 މީހެކެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 21،666 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2350 އެވެ. އެޑްމިޓް ކޮށްގެން 127 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 64 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް