މައިމޫނާގެ ގެކޮޅު ކައިރީގައި އިދިކޮޅުން މުޒާހަރާ ކޮށްފި

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައުމޫނާ އަބޫބަކުރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އިދިކޮޅުން މުޒާހަރާ ކޮށްފިއެވެ. އިދިކޮޅުން މައިމޫނާ ދިރިއުޅުއްވާ ގެ ކައިރީގައި އެއްވެފައިވަނީ، ހުޅުމާލޭގައި  ...

15 Mar 2021 | 14:08

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައުމޫނާ އަބޫބަކުރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އިދިކޮޅުން މުޒާހަރާ ކޮށްފިއެވެ.

އިދިކޮޅުން މައިމޫނާ ދިރިއުޅުއްވާ ގެ ކައިރީގައި އެއްވެފައިވަނީ، ހުޅުމާލޭގައި  ބޭއްވި ޖަލްސާ ނިންމާލުމަށްފަހު މަގުމަތީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިންނެވެ.

އެގޮތުން އިދިކޮޅުން ވަނީ މައިމޫނާ ދިރިއުޅުއްވާ ފްލެޓް ކައިރިއަށް އެއްވެ، އެކަމަނާގެ އިސްތިއުފާއަށް ގޮވައި، ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް ނުރުހުން ފާޅުކޮށްފައެވެ.

ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް