ކަލާފާނު ސުކޫލުގައި ލިފްޓެއް ޤާއިމުކުރުމުގެ މަސައްކަތުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
މި ލިފްޓަކީ ކަލާފާނު ސްކޫލުގައި ޚާއްސަ އެހީއަށްބޭނުންވާ ގިނަ ދަރިވަރުންގެ ތެރެއިން ފުރޮޅުލީ ގޮނޑީގައި އަދި އެހެންމީހެއްގެ އެހީތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގޮސް އުޅޭ ދަރިވަރުންނަށް ފަސޭހަކަމާއެކު ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ޤާއިމްކުރެވޭ ލިފްޓެއް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.
މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.
އެފަރާތުން ކަލާފާނު ސްކޫލްގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 1,165,685.01( އެއްމިލިއަން އެއްލައްކަ ފަސްދޮޅަސް ފަސްހާސް ހަސަތޭކަ އައްޑިހަ ފަސް ރުފިޔާ އެއް ލާރި) އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެހެންކަމުން 2021 ވަނަ އަހަރު ޖުލައި މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަޙްމަދު ރިޔާޒްއެވެ. އަދި ނަޒްރާޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާދަމް ރަޙީމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް