ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ނޫސްވެރިކަމުގެ އިނާމު 2020" އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ 18 މާރިޗް 2021...

15 Mar 2021 | 10:10

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ނޫސްވެރިކަމުގެ އިނާމު 2020" އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ 18 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކޮށްފައެވެ.

އެގޮތުން، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން އިތުރު ކޮށްފައި ވާއިރު، އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ

(ނ) ސިޔާސީ

(ރ) ޝަރުއީ އަދި ޤާނޫނީ

(ބ) ވިޔަފާރިއާއި އިޤުތިޞާދު

(ޅ) ކުޅިވަރު

(ކ) ފޮޓޯ ޖާރނަލިޒަމް

(އ) ވީޑިއޯ ޖާރނަލިޒަމް

(ވ) އޯޑިއޯ ޖާރނަލިޒަމް

(މ) ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

(ފ) ފީޗަރ / ރިޕޯޓް

(ދ) އެންމެ އުންމީދީ ނޫސްވެރިޔާ

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، “މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު” މި އިޢުލާނާއެކު އާންމުކޮށްފައިވާނެ ކަމަށް މީޑިޔާ ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް