ފަތަހަ ސްޓާރ ފަޅާލައި 700 ވަކި ލާރި އާއި ފޯނެއް ވަގަށް ނަގައިފި

ފަތަހަ ސްޓާ ފަޅާލައި ވައްކަން ކޮށްފިއެވެ. އެ ފިހާރައިން 'ދުވަސް' އަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ، މިހާތަނަށް ބެލި ބެލުމުން ވަގަށް ނަގާފައި ވަނީ 700 ވަކި ލާރި އާއި ފިހާރައިގެ ފޯނު ކަމަށެވެ. ސީސީ...

15 Mar 2021 | 09:34

ފަތަހަ ސްޓާ ފަޅާލައި ވައްކަން ކޮށްފިއެވެ. އެ ފިހާރައިން 'ދުވަސް' އަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ، މިހާތަނަށް ބެލި ބެލުމުން ވަގަށް ނަގާފައި ވަނީ 700 ވަކި ލާރި އާއި ފިހާރައިގެ ފޯނު ކަމަށެވެ.

ސީސީޓީވީ ކެމެރާއިން ފެންނަ ގޮތުގައި އެކަމުގައި ބައިވެރި ވެފައިި ވަނީ ދެ މީހުން ކަމަށާއި، އެކަކު އެތެރެއަށް ވަނުމުން، ދެވަނަ މީހާ ބޭރުގައި މަޑުކުރީ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

މިއަދު ފަތިހު 3:55 ހާއިރު ފަތަހަ ސްޓާއިން ވައްކަން ކޮށްފައި ވަނީ ފިހާރަ ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް