އުތުރު ތިލަފަޅު އެގްރީމެންޓް ކަމަށްބުނެ ދައުރުކުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ލިޔުންތަކެއް: ޑިފެންސް

އުތުރު ތިލަފަޅު އެގްރީމެންޓް ކަމަށްބުނެ ދައުރުކުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ލިޔުންތަކެއް ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ...

15 Mar 2021 | 08:31

އުތުރު ތިލަފަޅު އެގްރީމެންޓް ކަމަށްބުނެ ދައުރުކުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ލިޔުންތަކެއް ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށްބުނެ، 2021 މާރިޗް 15 ވީ ހޯމަދުވަހު، މީޑިއާގައި މައުލޫމާތުތަކެއް ދައުރުވަމުންދާކަން މި މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފަ ކަމަށެވެ.

"މިކަމާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަގީގަތާ ހިލާފު ދޮގު ލިޔުންތަކެކެވެ." ޑިފެންސުން ބުނެފައިވެއެވެ.

ޑިފެންސްގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހިރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މައުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ ދެމެދުގައި އުފެދިފައިޥާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތު ގެއްލި ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ހަގީގަތާ ހިލާފު ދޮގު ހަބަރާއި މައުލޫމާތު ނުފެތުރުމަށް މި މިނިސްޓްރީން އިލްތިމާސް ކުރާކަމަށެވެ.

އިތުރަށް ބުނެފައިވަނީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް