ދަރިޔަކު ލިބުމަކީ ކޮންމެ ދެމަފިއަކުވެސް ކުރާ އެއްމެ ބޮޑު އުއްމީދެވެ. އެކަން ހާސިލު ކުރުމަށްޓަކައި އެތައް ގުރުބާނީތަކެއް ވަމުންދާ މީހުން މަދެއްނޫނެވެ.
އެގޮތުން ބަލިވެއިންކަން އެނގޭ ހިސާބުން ފެށިގެން އެދަރިޔަކަށްޓަކައި ދެމަފިރިން އެތަށް އުއްމީދަކާ ހުވަފެން ތަކެއް ދެކެންފަށައެވެ. އެތައް ގޮތަކުން ތައްޔާރުތަށް ވާންފަށައެވެ. އެމީހެއްގެ ފެންވަރުން ކުރެވެން ހުންނަ ހުރިހާ ކަމެއް އުއްމީދާއެކު ކުރަންފަށައެވެ.
ތަފާތު ގޮތްގޮތުން ތައްޔާރުތައް ވާންފަށާ، ދަރިޔަށް ބޭނުންވާ އެއްޗެހިތައް ގަންނަންފަށައެވެ. މިގޮތަށް ތައްޔާރުވާއިރު ވިސްނަންވީ ކަންކަން ވަރަށްވެސް ގިނައެވެ. އެއްޗެހި ގަންނަ އިރު ވިސްނަންވީ ބޮޑަށް ތިމާއަށް ކަމުދާ ރީތި އެއްޗިއްސަށް ވުރެ ލިބެން އުޅޭ ދަރިޔަކަށް އަރާމާއި ފަސޭހަވާނެ އެއްޗިއްސެވެ. މީގެ މާނައަކީ ތިމާއަށް ކަމުދާ އެއްޗެހި ނުގަތުމެއް ނޫނެވެ.
އެގޮން އަންނައުނު ފަދަތަކެތި ގަންނަ އިރު ތިމާއަށް ރީތި ކުލައެއް އިހުތިޔާރު ކުރެވިދާނެވެ. ނަމަވެސް ވީހާވެސް މަޑުކޮށް ހުންނަފޮތީގެ އަންނައުގަތުން މުހިންމެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ހަންގަނޑަށް ފަސޭހަ ކަމާއި، އަރާމު ލިބިގެން ދާނެއެވެ.
ހަމައެހެންމެ ދަރިފުޅު ލިބުމުގެ ކުރިން ދަރިފުޅަށްޓަކައި ކޮޓަރި ރީތި ގޮތް ގޮތަށް ތައްޔާރު ކުރުމަކީވެސް މިހާރު ވަރަށް ގިނައިން ކުރަމުން އަންނަކަމެކެވެ. މިކަން ކުރުމުގައި ކޮޓަރީގައި ލާ ކުލައަކީ އެހާ އަލިގަދަ ނޫން ކުލައެއް ކަމުގައިވުން މުހިއްމޭ، ސަބަބަކީ ކުއްޖާގެ ލޮލަށް އަލިމަޑު ކުލަތަށް ބަލަން ފަސޭހަވާނެތީއެވެ. އަދި ހަމައެހެންމެ ކޮޓަރީގެ ހަރުކުރާ ބޮކިފަދަ ތަކެތީގެ ކުލަވެސް ލޮލަށް އުނދަގޫނުވާ ވަރަށް ބެހެއްޓުން ވެސް އެހާމެ މުހިއްމެވެ.
އެއްމެ މުހިންމު ކަމަކީ އަމިއްލަ ސިއްހަތަށް ފަރުވާތެރިވެ ވީހާވެސް ފައިދާ ހުރި ރަނގަޅު ކާނާ ކޮންމެ ގަނޑިއެއްގައިވެސް ބޭނުން ކުރުމެވެ. އެގޮތުން ކާއިރު ވީހާވެސް ގިނައިން ތަރުކާރީއާއި، މޭވާ ބޭނުން ކުރުމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އަދި ފެހިކަން ގަދަ ފަތްޕިލާވެލި ބޭނުން ކުރުން ވެސް ރަނގަޅެވެ. ފަރުވާބަހައްޓަންވީ ތިމާއަށް ކެވޭ ކާއެއްޗެހީގެ ސަބަބުން ބަނޑުގައިވާ ކުޑަދަރިފުޅަށް އެއްމެ ފައިދާވާނެ ކާނާ ބޭނުން ކުރުމަށެވެ. މިކަން ކަމަށް ބަލައިގެން ކައިފިނަމަ ތިމާވެސް އަދި ކުޑަދަރިފުޅުވެސް ސިއްހަތު ސަލާމަތުން ހުރުމަށް މަގުފަހިވެގެން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް