ދެމަފިރިއެއްގެ މެދުގައި ހިނގަ ޒުވާބެއްގެ ތެރެއިން އަނބިމީހާ، ފިރިމީހާއަށް ހަމަލަދީފި

ކުޅުދުއްފުށީގައި ދެ މަފިރިއަކު ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން، އަނބިމީހާ ފިރިމީހާއަށް އަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. ކުޅުދުއްފުށި އޮންލައިންގައި ވާ ގޮތުން، މި ހާދިސާ ހިނގާފައި ވަނީ ...

15 Mar 2021 | 06:33

ކުޅުދުއްފުށީގައި ދެ މަފިރިއަކު ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން، އަނބިމީހާ ފިރިމީހާއަށް އަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ކުޅުދުއްފުށި އޮންލައިންގައި ވާ ގޮތުން، މި ހާދިސާ ހިނގާފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މިހާދިސާގައި ޒަހަމްވެފައިވާ ފިރިހެން މީހާ އަކީ އުމުރުން 29 އަހަރުގެ މީހެއްކަމަށް އެ ނޫހުގައި ވެއެވެ.

'ކުޅުދުއްފުށި އޮންލައިންއަށް' އިން ބުނެފައި ވަނީ، އެ ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ފިރިހެންމީހާގެ އުޅަނބޮއްތާއި ކޮނޑާ ދެމެދަށް އަނިޔާ ވެފައި ވާ ކަމަށެވެ.

މި މައްސަލަ އިއްޔެ14:00 ގައި ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައެއްގައި ޒަހަމްވި މީހާ އަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް